ސިހުރު ހަދަން ބޭނުންކުރާ ފޮތްތަކެއް ފުލުހުން ހޯދައިފި އެވެ.
ފުލުހުން ވިދާޅުވީ، ތ. ބުރުނީގައި ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ފޮތާއި އަދި ސިހުރު ހާހޫރަ ހެދުމަށް ބޭނުން ކުރާ ބައެއް އާލާތްތައް ހުރި ކަމަށް ތުހުމަތު ކުރެވިގެން މިއަދު ކޯޓް އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސްކުރިއިރު ސިހުރު ހާހޫރު ހެދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ފޮތްތަކެއް ފެނިފައިވާ ކަމަށެވެ.
މިފޮތްތައް މިހާރު ހުރީ ފުލުހުންގެ ބެލުމުގެދަށުގައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާއިރު، ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.