ބ.އަތޮޅުގެ ޑްރީމްލޭންޑް ރިސޯޓުގައި މޫދަށް އެރި އުޅުނު ޗައިނާ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ އެވެ.
ފުލުހުން ވިދާޅުވީ، ބ. އަތޮޅު ރިޒޯޓެއްކަމަށްވާ ޑްރީމް ލޭންޑް ރިޒޯޓް އިން މޫދަށްއެރި އުޅުނު 67 އަހަރުގެ ޗައިނާގެ ފިރިހެން ޓުއަރިސްޓަކު މިއަދު ގެނބިގެން ދަރަވަންދޫ ސިއްޙީ މަރުކަޒަށް މެންދުރުފަހު 03:21 ހާއިރު ގެންދެވިފައިވާކަމަށެވެ.
މިފަތުރުވެރިޔާ އެރަށު ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.