ދިލް ތޯ ހެޕީ ހޭ ޖީގެ ތަރި ސޭޖަލް މަރުވެއްޖެ

ސްޓާ ޕްލަސްއިން ދެއްކި ޑްރާމާ، ދިލް ތޯ ހެޕީ ހޭ ޖީ އިން އެކްޓިންގެ ދުނިޔެއަށް ތައާރަފުވި ސޭޖަލް ސަރްމާ މަރުވެއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އަމިއްލަ ދިރިއުޅުމުގައި ދިމާވި ބައެއް ކަންކަމާއި ގުޅިގެން އޭނާ މަރުވީ އަމިއްލައަށެވެ. ސޭޖަލްގެ ހަށިގަނޑު މިހާރު އޭނާގެ އާއިލާއިން އުދައިޕޫރަށް ގެންގޮސްފައިވާ ކަމަށް ވެސް ވެއެވެ. 

އުދައިޕޫރަށް ނިސްބަތްވާ ސޭޖަލްއަކީ އެކްޓްކުރުމާއި ނެށުމަށް ކުޑައިރުއްސުރެ ވަރަށް ޝައުގުވެރިކަން ހުރި ފަންނާނެ ކަމަށް ވެއެވެ. މެދު ފަންތީގެ އާއިލާއަކަށް ނިސްބަތްވާ ސޭޖަލް ކުރިން ނޫސްތަކަށް ބުނި ގޮތުގައި އޭނާ ފިލްމީ ދާއިރާގެ މަސައްކަތްތައް ކުރުމަށް އާއިލާގެ ރުހުން ހޯދީ ވަރަށް ވަރުންނެވެ. 

އެގޮތުން ފިލްމީ މަސައްކަތް ކުރުމަށް 2017 ވަނަ އަހަރު ސޭޖަލް މުމްބާއީއަށް ދިރިއުޅުން ބަދަލުކުރިއިރު އޭގެ ފަހުން އޭނާ އުޅެމުން އައީ އަމިއްލައަށް ކަމަށް ވެއެވެ. އަދި އެ ދުވަސްތަކުގައި އޭނާ ވަނީ މޮޑެލްކުރުމުގައި ވެސް ހަރަކާތްތެރިވެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!