އެކްޓަރު އަދި ހޯސްޓް ކަރަން ވާހީ ވަރަށް އަވަހަށް ކައިވެނިކުރަން އުޅޭ ވާހަކަ އޭނާ ދޮގުކޮށްފި އެވެ.
ލަންޑަނުގައި ދިރިއުޅޭ އުުދިތީ ސިންގްއާ ސީރިއަސް ލޯބީގެ ގުޅުމެއް މިހާރު ބާއްވަމުން އަންނަ 33 އަހަރުގެ އެކްޓަރު ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ މި ވަގުތު ކައިވެނީގެ ޕްލޭނެއް ނެތް ކަމަށެވެ.
“އެކަން ކުރަން ނިންމި އިރަކުން ހިއްސާކުރާނަން. އެއީ ސިއްރުކުރަން ޖެހޭ ކަމެއް ވެސް ނޫން،” ކަރަން ބުންޏެވެ.
ޓީވީ ސިލްސިލާތަކުގެ އިތުރުން ބޮލީވުޑްގެ ފިލްމުތަކެއް ވެސް ކުޅެފައިވާ ކަރަން އެންމެ ފަހުން ކުޅުނު ފިލްމަކީ 2018 ގެ “ހޭޓް ސްޓޯރީ 4” އެވެ.