ކަލާޒް ޗެނެލުން މިހާރު ދައްކާ ޓީވީ ސިލްސިލާ “ބޭޕަނާ ޕިޔާރު” ގެ ބަތަލު ޕާލް ވީ ޕޫރީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަ ރ. އަތޮޅުގެ ފުރަވެރި ރިސޯޓްގައި ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ. ޕާލް، 30، އަކީ މިހާރު އިންޑިއާގެ ޓީވީ އެކްޓަރުންގެ ތެރެއިން އެންމެ މަޝްހޫރު އެކެކެވެ.
އޭނާ ވަނީ މިދިޔަ އަހަރު ކަލާޒުން ގެނެސްދިން އަދި ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ސިލްސިލާ “ނާގިން” ސީޒަން ތިނެއްގެ ވެސް ބަތަލުގެ ރޯލް ކުޅެފަ އެވެ.