17 އަހަރުގެ ކުއްޖަ އަށް ޖިންސީ ގޯނާ ކުރި މީހާގެ ބަންދަށް 10 ދުވަސް

މެދުރާއްޖެތެރޭ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކޮށްފިއެވެ.

ފުލުހުން ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގެ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނަކު 17 އަހަރުގެ އަންހެން ކުއްޖަކާއި މެދު ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 22 ވަނަ ދުވަހު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ހައްޔަރުކުރި މީހާގެ ބަންދަށް މިހާރު ވަނީ ދިހަ ދުވަސް އިތުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!