މަދީހާ އަށް އެމްޑީޕީގެ ޓިކެޓެއް ނުދިން

ދެ އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާކުރި ނަމަ، އެހާ އަވަހަށް ދުވެދުވެފައި އުޅޭނެތޯ ސުވާލު އުފައްދައި، އެ އަނިޔާ ދިން މީހުން ދިފާއުކޮށް ވާހަކަ ދެއްކި މަދީހާ އަބްދުﷲ އަށް އެމްޑީޕީގެ ޓިކެޓް ނުދޭން ނިންމައިފި އެވެ.

ންސިލް އިންތިޚާބުގައި ގއ. ކަނޑުހުޅުދޫ ކައުންސިލަށް ވާދަކުރަން އެމްޑީޕީގެ ޓިކެޓަށް އެދިފައިވާ މަދީހާގެ ފޯމު ބާތިލްކުރަން ނިންމީ އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީންނެވެ. އެ ކޮމިޓީން އެ މައްސަލަ ބެލީ، މަދީހާގެ ވެސް އާއިލާ އަށް ނިސްބަތްވާ ކުއްޖާ އަށް ކުރި އަނިޔާ ދިފާއުކޮށް ދެއްކި ވާހަކަތަކަކާ ގުޅިގެން އޭނާ އަށް ފާޑުކިއުން އަމާޒުވުމުންނެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަފްޝަން ލަތީފް މިއަދު ވިދާޅުވީ މަދީހާގެ ފޯމު ބާތިލްކުރަން ނިންމީ ދެ އަހަރު ނުފުރޭ ކުއްޖާ އަށް ކުރި އަނިޔާތަކާ ގުޅޭ ގޮތުން އޭނާ ދައްކާފައިވާ ވާހަކަތައް ކޮމިޓީން ބެލުމަށް ފަހު ކަމަށެވެ.

“އެއީ، މަދީހާ ދައްކާފައި ހުރި ވާހަކަތަކެއް ކަން ޔަގީންކޮށްފައި ފޯމު ބާތިލްކުރަން ނިންމީ،” އަފްޝަން ވިދާޅުވި އެވެ.

މަދީހާ އަކީ އެ ކުއްޖާ އަށް އަނިޔާކުރި ކަމަށް ތުހުމަތުކުރާ ކާފަގެ ކޮއްކޮ އެވެ. އޭނާގެ އިތުރުން މުނި ކާފަ ވެސް އެ ކުއްޖާ އަށް ޖިންސީ އަނިޔާކުރި ކަމުގެ ތުހުމަތުގައި ވަނީ ހައްޔަރުކޮށްފަ އެވެ.

ކުޑަ ކުއްޖާ އަށް ޖިންސީ ގޯނާކުރި މައްސަލައިގައި، ސަން އޮންލައިނާ ވާހަކަ ދައްކަމުން، “ދެ އަހަރުގެ ކުއްޖަކު ތިން ފިރިހެނަކު ވެގެން ރޭޕްކުރި ނަމަ އެ ކުއްޖާ ދުވެދުވެ އުޅޭނެ ހެއްޔޭ” މަދީހާ ވަނީ ސުވާލު އުފައްދައިފަ އެވެ. ކުއްޖާ އަށް މާ ބޮޑުވަރު ވި ނަމަ ދުނިޔޭގެ އޮންނާނެތޯ އާއި އެހާ އަވަހަށް ހޮސްޕިޓަލުން ދޫކޮށްލީ ކީއްވެތޯ އޭނާ ވަނީ އެ އިންޓަވިއުގައި ސުވާލު އުފައްދައިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!