ވަގަށް ނަގައިފައިވާ ކެޔޮގަނޑަކާއެކު މާލެއިން މީހަކު ހައްުޔަރުކޮށްފިއެެވެ.
އެ މައްސަލާގައި ފުލުހުން މިއަދު ހައްޔަރު ކޮށްފައިވަނީ 38 އަހަރުގެ ދިވެހި ފިރެހެނެކެެވެ.
ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު 07:18 ކަންހާއިރު ބޮޑުތަކުރުފާނު މަގު ސްޓީލް ހާރޑްވެއަރ ކައިރިން ގޯންޏެއް ހިފައިގެންދިޔަ 38 އަހަރުގެ ފިރެހެނަކު ހުއްޓުވައި ބަލައި ފާސްކުރިއިރު ވަގަށް ނަގައިފައިވާ ކެޔޮގަނޑެއް ފެނިފައި ވާކަމަށެވެ.
މިމީހާ ހައްޔަރުކޮށް މިމައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ