17 އަހަރުގެ ކުއްޖަކު ތިން ފިރިހެނަކު ވެގެން ރޭޕް ކުރި މައްސަލައެއް ބަލަނީ

ތިން ފިރިހެނުންގެ ގުރޫޕަކުން އުމުރުން 17 އަހަރުގެ އަންހެންކުއްޖަކު ރޭޕްކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ރޭ ބުނެފި އެވެ. އެކަމަކު، އެ އަމަލު ހިންގި މީހުން އަދި ހައްޔަރެއް ނުކުރެ އެވެ.

ފުލުހުން ބުނީ ރަށެއްގައި ތިން ފިރިހެނަކު 17 އަހަރުގެ އަންހެން ކުއްޖެއް ރޭޕް ކުރި މައްސަލައެއް އިއްޔެ ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ، ތިން މީހުން “ގޭންގް ރޭޕް” ހިންގީ އިއްޔެރޭގެ 8:15 ހާއިރު ކަމަށެވެ. މެދު ރާއްޖެތެރޭގެ ރަށެއްގައި (ކ. އއ. އދ އަދި ވ. އަތޮޅު) ހިންގި މި މައްސަލަ ފުލުހުންނަށް ހުށަހެޅީ ރޭ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ބަލާ ކަމަށެވެ. ކުއްޖާގެ ހިމާޔަތަށްޓަކައި އެ ކުއްޖާގެ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!