ވޮޑުމުލާގައި މަސައްކަތް ކުރާ 18 ބިދޭސީން ދާންދު އަށް ދޫކޮށްލި ކަމުގެ ތުހުމަތެއް

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ ގއ. ވޮޑަމުލާގައި މަސައްކަތް ކުރަން އުޅުނު 18 ބިދޭސީއަކު އެ އަތޮޅު ދާންދު އަށް ގެންގޮސް، އަޅާނުލައި ދޫކޮށްލާފައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފުލުހުން ބުނީ ވޮޑަމުލަގައި މަސައްކަތް ކުރާ 18 ބިދޭސީން ދާންދޫއަށް ބާލާފައި ދިޔަ ގޮތައް އެ މީހުން އަދިވެސް އެ ރަށުގައި ތިބި ކަމަށާއި ދާންދޫ ކައުންސިލުން އެކަމުގެ ކަންބޮޑުވުން ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންނާއި ކައުންސިލުން ރިސޯޓު ހަދާ ފަރާތްތކާ ވާހަކަ ދައްކައިގެން އެ މީހުން ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުން ދާންދޫއަށް ގެނެސްފައިި ވަނީ މަސައްކަތް ކުރާ ރަށުން ދާން ބޭނުންވުމުން އެ މީހުންނަށް ތިން މަހުގެ މުސާރަ ދިނުމަށް ފަހުގައި ކަަމަށް ފުލުހުން ބުންޏެވެ .އަދި ދާންދޫއިން ފުރާ ބޯޓަކުން މާލެ ފޮނުވައިލުމަށް ނިންމާފައިވީ ނަމަވެސް އެ މީހުންނާ ހަވާލުވާނެ މީހަކު ނެތް ކަމަށް ބިދޭސީން ވަނީ ބުނެފަ އެވެ.

ނަމަވެސް ރޭ 10:30 ހާއިރު ރިސޯޓުން ބަޔަކު އައިސް އެ މީހުން ގެންދިޔަ ކަމަށް ކައުންސިލުން މައުލޫމާތު ދެ އެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!