ހިމަބިއްސަށް ޕޮޒިޓިވްވި ދެ މީހުންގެ ތެރެއިން އެކަކީ ހުޅުމާލޭ ގާޒީ ސުކޫލުގައި ކިޔަވަމުންދާ ދަރިވަރެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ޓެސްޓްކުރެވުނު މީހުންގެ ތެރެއިން އެކަކީ ހުޅުމާލޭ ޣާޒީ ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރެއް ކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން ގާޒީ ސުކޫލުގައި ތައުލީމް ހާސިލް ކުރަމުންދާ 33 ދަރިވަރުން މީސްލްސް ވެކްސިން ޑޯޒްތައް ފުރިހަމަ ނުކޮށް އެބަތިބި ކަމަށެވެ.
ބަލި ޖެހިފައިވާ ފަރާތެއް ފެނުމުން މިހާރުވެސް އެސަރައްހައްދެއްގައި އަމަލު ކުރަމުންދާ ގޮތަށް މައުލޫމާތު ދިނުމަށް އިތުރަށްދެނެގަތުމާއި އަދި ވެކްސިން ފުރިހަމަކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ. އަދި ވެކްސިން ޑޯޒްތައް ފުރިހަމަ ނުކޮށް ތިބި ފަރާތްތަކުން ވީހާވެސް އަވަހަކަށް ވެކްސިން ޑޯޒްތައް ފުރިހަމަ ކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.
މިއަދާ ހަމައަށް 6 މީހަކު ވަނީ ހިމަބިއްސަށް ޕޮޒިޓިވްވެފައެވެ.