ޗައިނާގައި ތިބި ދިވެހިން އެމްބަސީގައި ރަޖިސްޓްރީވާން އަންގައިފި

ޗައިނާގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން އެގައުމުގައި ތިބި ދިވެހިން އެމްބަސީގައި ރަޖިސްޓްރީވާން ފޮރިން މިނިސްޓްރީން އަންގައިފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ކޮރޯނާ ވައިރަސްއާ ގުޅިގެން ޗައިނާގައި ތިބި ދިވެހިންގެ ހާލު މިނިސްޓްރީންނާއި ބެއިޖިންގައި ހުންނަ ރާއްޖޭގެ އެމްބަސީއިން ގެންދަނީ ވަރަށް ގާތުން ބަލަމުން ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވަނީ، ކޮރޯނާ ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ވޫހާން ޕްރޮވިންސްގައި ތިބީ ހަ ދިވެހިން ކަމަށެވެ. އަދި އެމީހުންގެ ހާލު ރަނގަޅު ކަމަށްވެސް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ. 

ޗައިނާގައި ތިބި ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޗައިނާ ފޮރިން މިނިސްޓްރީއާއެކު ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާއި އަދި ޗައިނާގައި ތިބި އެހެން ގައުމުތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެކަމުގެ ޔަގީންކަން ޗައިނާ ފޮރިން މިނިސްޓްރީއިން ދީފައިވާ ކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!