ހައިކޯޓުގައި އިސްތިއުނާފު ކުރެވިފައިވާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ހުރިހާ މައްސަލައެއް އަންނަ މާރިޗު މަހުގެ ނިޔަލަށް ނިންމުމަށް ހައިކޯޓުން ނިންމައިފިއެވެ.
ހައިކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހައިކޯޓުގައި، މިވަގުތު ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 40 މައްސަލަ އިސްތިއުނާފުކުރެވިފައި އެބަ އޮތް ކަމަށެވެ. އޭގެ ތެރެއިން އަށް މައްސަލައަކީ އެ ކޯޓުގެ ދެކުނު ގޮފީގައި އިސްތިއުނާފު ކުރެވިފައިވާ މައްސަލަތައް ކަމަށް ހައިކޯޓުން ބުންޏެވެ.
ހައިކޯޓުން މިގޮތަށް ކަނޑައަޅާފައި މިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން ކޯޓްތަކަށް މައްސަލައެއް ހުށައަޅާ ދުވަހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ނިންމަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ( ޑީޖޭއޭ) އިން މިއަދު އަންގާފައިވަނިކޮށެވެ.