ހިމަބިއްސަށް އިތުރު ދެ މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނީ ހިމަބިއްސަށް އިއްޔެ 9 ފަރާތެއް ޓެސްޓުކޮށްފައިވާ ކަމަށާއި އޭގެތެރެއިން ދެ މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ނަމަވެސް ޕޮޒިޓިވް ވެފައި ވަނީ ކޮން އުމުރެއްގެ އަދި ކޮން ޖިންސެއްގެ ބައެއް ކަމެއް އެޗްޕީއޭ އިން ހާމަކޮށްފައެއް ނުވެއެވެ.
ޕޮޒިޓިވްވި ދެ މީހުންނާއެކު މިހާތަނަށް ހަ މީހަކު ވަނީ ހިމަބިއްސަށް ޕޮޒިޓިވް ވެފަ އެވެ.