މެދުރާއްޖެތެރޭ ރަށެއްގައި 17 އަހަރުގެ އަންހެން ކުއްޖަކު ތިން ފިރެހެނުންވެގެން ރޭޕްކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ ބުދަ ދުވަހުގެ ރޭ 8:15 ހާއިރު މެދު ރާއްޖެތެރޭގެ ރަށެއްގައި ތިން ފިރިހެނުންގެ ގްރޫޕަކުން 17 އަހަރުގެ އަންހެން ކުއްޖަކު ގޭންގް ރޭޕް ކުރި މައްސަލައެއް ރޭ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
ނަމަވެސް އެ ކުއްޖާގެ މައުލޫމާތު ހާމަވެދާނެތީ އެއީ ކޮން ރަށެއްގައި ހިނގި ހާދިސާއެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
މިހާދިސާ އާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.