ކުޑަހުވަދޫގައި އުމުރުން ދުވަސްވީ މީހަކު ގެނބިގެން ނިޔާވެއްޖެ

ހދ.ކުޑަހުވަދޫގައި އުމުރުން ދުވަސްވީ މީހަކު ގެނބިގެން ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މިރޭ 6:00 ހާއިރު ކުޑަހުވަދޫ ހުޅަނގު ފަރާތު ފަޅުތެރޭގައި 55 އަހަރުގެ ދިވެހި ފިރިހެނަކު ގެނބިފައި އޮއްވާ ފެނިގެން ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އޭނާ ނިޔާވީ މިރޭ 6:45 ހާއިރު ކަމަށް ކުޑަހުވަދޫ ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެއެވެ.

ނިޔާވެފައި އޮއްވާ ފެނުނީ އެރަށު ހިނާމާގޭ ހުސައިން ރަޝީދު އަހްމަދެވެ.

މި ހާދިސާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ފުލުހުން ދަނީ ބަލަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!