ކައިބާންއަށް އޮސްޓްރޭލިއާގެ ވިސާ ހަމަޖައްސައިދީފި

ސިއްހީ މައްސަލަތަކަކާ ހުރެ އޮސްޓްރޭލިއާއިން ކޮށްލަން ކަނޑައެޅި ތިން އަހަރުގެ ދިވެހި ފިރިހެން ކުއްޖާ, ކައިބާން ޖަމްޝީދަށް އެ ގައުމުން ވިސާ ހަމަޖައްސައިދީފައިވާކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ކައިބާން އަށް ވިސާ ހަމަޖައްސައިދިނުމުން ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ އޮސްޓްރޭލިއާ އަށް ޝުކުރު އަދާކުރައްވާފައެވެ.

އާއިލާ އާއި އެކު އޮސްޓްރޭލިއާގައި ދިރިއުޅެމުން އަންނަ ކައިބާން ޖަމްޝާދަކީ ހީމޯފީލިއާގެ ސަބަބުން ލޭ ގަނޑުވުމުގެ މައްސަލަތަކަކާއި ވިހެއުމުގައި ވެސް ސިކުނޑިއަށް ގެއްލުންތަކެއް ލިބިފައިވާ ކުއްޖެކެވެ. އެހެންކަމުން އޮސްޓްރޭލިއާއިން އޭނާއަށް ވިސާ ނުދޭން ނިނިންމިއެވެ.

ކައިބާންއަށް ވިސާ ހަމަޖައްސައިދިނުމަށް މިދިޔަ ސެޕްޓެމްބަރު މަހު ދިވެހި ސަރުކާރުން ވަނީ އޮސްޓްރޭލިއާގެ ބޮޑުވަޒީރަށް ދަންނަވައިފައެވެ.

ފޮރިން މިނިސްޓަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކައިބާންއަށް މިހާރު ވިސާ ހަމަޖެހިފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި މިނިސްޓަރު ވަނީ އޮސްޓްރޭލިއާ ސަރުކާރަށާއި އެގައުމުގެ ފޮރިން މިނިސްޓަރަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ކައިބާންއަށް ބޭނުންވާ ފަރުވާ އޮސްޓްރޭލިއާއިން ލިބެމުންދާނެ ކަމަށް އުންމީދު ކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!