ދެ އަހަރު ނުފުރޭ ކުއްޖާ އަށް އަނިޔާވިތޯ ސުވާލު އުފެއްދުމުން މައްސަލަ ބަލަނީ

ގއ. ކަނޑުހުޅުދޫގައި ޖިންސީ އަނިޔާގެ ޝިކާރައަކަށް ވި ދެ އަހަރު ނުފުރޭ އަންހެން ކުއްޖާ އަށް އެއްވެސް ގެއްލުމެއް ވި ތޯ ސުވާލު އުފެއްދި އެމްޑީޕީގެ ކެންޑިޑޭޓަކަށް ފާޑުކިއުން އަމާޒުވުމުން އެ ޕާޓީން މައްސަލަ ބަލަން ނިންމައިފި އެވެ.

ފާޑުކިޔުން އަމާޒުވެފައި ވަނީ ގއ.ކަނޑުހުޅުދޫ މަދީހާ އަބްދުﷲ އަށެވެ. އޭނާ އަކީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ޓިކެޓް ހޯދުމަށް ޕްރައިމަރީއަށް ކުރިމަތިލާފައިވާ މީހެކެވެ. އަދި އޭނާ އަކީ ދެއަހަރުގެ ކުއްޖާ ރޭޕް ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ ކާފަގެ ކޮއްކޮ އެކެވެ.

އޮންލައިން ނޫހެއް ކަމަށްވާ “ސަން” އަށް މަދީހާ ދިން އިންޓަވިއުއެއްގައި ބުނީ މައްސަލައިގައި ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުއްޓެވެ.

“ދެއަހަރު ކުއްޖަކު ތިން ފިރިހެނަކު ވެގެން ރޭޕް ކުރި ނަމަ އެކުއްޖާ އެހާ ހެޕީކޮށް، ދުވެ އުޅޭނެ ހެއްޔޭ އަހަރުމެންގެ ސުވާލަކީ. އެކުއްޖާ ދުނިޔޭގައި އޮންނާނެހޭ އެވަރު ކުރި ނަމަ. މިހާރު ފަރުވާ ދިނުމަށްފަހު މާލެއިންވެސް ވަނީ ދޫކޮށްލާފައި. އެވަރުވީ ނަމަ ކުއްޖާ ދޫކޮށްލާނެތޯ. އެކުއްޖާ ދުނިޔޭގައި އޮންނާނެތޯ އެވަރު ކުރި ނަމަ” މަދީހާ ބުންޏެވެ.

މަދީހާގެ ވާހަކަތަކާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އެމްޑީޕީ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ހުއްޓުވަމީ އެމްޑީޕީގެ އެންމެ މައި އެއް ވިސްނުން ކަމަށެވެ. “އެފަދަ ކަމަކަށް ހިތްވަރު ލިބޭ ގޮތައް ވާހަކަދައްކާ އަދި އަމަލު ކުރާ މެންބަރުން ދެނެގަތުމަށް ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީ މިއަދު 12:00 ގައި ބައްދަލު ވާނެ.” އެމްޑީޕީ އިން ކުރި ޓްވީޓްގައި ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!