ފުޅާ ދާއިރާއެއްގައި ޑްރަގް ވިޔަފާރި ކުރާ ބަޔަކު ފުވައްމުލަކު ސިޓީން ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ބަޔަކު ފުވައްމުލައް ސިޓީން މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހެނދުނު 10:50 އެހައިކަންހާއިރު، ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ މީހަކާއި 27 އަހަރުގެ ދިވެހި ފިރިހެނުން ކަމަށެވެ.

މި ދެމީހުން ހައްޔަރުކޮށްފައިވަނީ އެ މީހުން ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 32 ރަބަރު ޕެކެޓު ފެނުމާ ގުޅިގެން ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުވައްމުލައް ސިޓީ ޕޮލިސް ސްޓޭޝަނުން ގެންދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!