ފަނޑިޔާރު ހަސަން އަލީގެ މައްސަލަ އަވަސް ކޮށްދިނުމަށް އެދިއްޖެ

ސަސްޕެންޑު ކޮށްފައިވާ ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީގެ މައްސަލަ އަވަސް ކޮށްދިނުމަށް ހައިކޯޓުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި މިއަދު އެދިއްޖެއެވެ.

ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީ ސަސްޕެންޑުކުރީ މީގެ ހަތަރުމަސް ކުރިންނެވެ. އޭނާ ސަސްޕެންޑުކުރީ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރާ ގުޅިގެންނެވެ. އޭގެކުރިންވެސް ޖޭއެސްސީން ދިޔައީ ހަސަން އަލީގެ މައްސަލެއް ބަލަމުންނެވެ. ނަމަވެސް އޭރު ހަސަން އަލީއާ ގުޅޭ ގޮތުން އެއްވެސް ފިޔަވަޅެއް ނާޅައެވެ.

ފަނޑިޔާރު ހަސަން އަލީގެ އިތުރުން ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާންގެ މައްސަލަތަކެއް ވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އަދި އެކޯޓުގެ ފަނޑިޔާރު ޝަހީދު އަލީގެ މައްސަލައެއްވެސް އަންނަނީ ބަލަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!