ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ޕާކުކޮށްފައިހުރި ސައިކަލުތަކެއްގައި ޖެހިއްޖެ

ހުޅުމާލޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް، ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ޖެހި އެކްސިޑެންޓްވެއްޖެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 7:25 ހާއިރު ކަމަށެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހުޅުމާލޭ ޗަނބޭލީ މަގުން އުތުރަށް ދުއްވާފައި ދިޔަ ކާރެއް އަނބުރާލަން ބޭނުންވެގެން ޔޫ ޓާން ނަގަން އުޅުމުގެ ތެރޭގައި ކާރުގެ ރޭސް ޕެޑަލް އަށް ފިތިގެން ކޮންޓްރޯލް ނުވެގެން ދިއުމުގެ ސަބަބުންކަމަށެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށެވެ. ނަމަވެސް، އެކްސިޑެންޓްވުމުގެ ސަބަބުން ޕާކުކޮށްފައި ހުރި ދެ ސައިކަލަށް ވަނީ އެކިވަރުގެ ގެއްލުންވެފައެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.  

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!