ޑޮކްޓަރަށް ދައްކަން ގެނައި ގައިދީއަކު ފިލައިފި

އައިޖީއެމްއެޗްއަށް ޑޮކްޓަރަށް ދައްކަން ގެންދިޔަ ގައިދީއަކު ފިލައިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ކަރެކްޝަންސް އިން ބުނީ ހޯދަމުން ދަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ފިލާފައި ވަނީ މިއަދު އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކުމަށް ގެނައި ވަގުތު ކަމަށް އޭނާ ބުންޏެވެ. 

އޭނާއަކީ އުމުރުން 24 އަހަރުގެ އައިސަރު ނަސީމް ނަމަކަށް ކިޔާ މީހެކެވެ. އޭނާ އައިޖީއެމްއެޗަށް ގެނައީ މިއަދު ހެނދުނު 8:24 އެހާކަށްހާއިރުއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، މި ގައިދީ ފިލާފައިވާކަމުގެ މައުލޫމާތު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ފުލުހުންނަށް އަންގާފައިވާކަމަށާއި، އަދި އެމީހާ ހޯދުމުގެ މަސައްކަތުގައި ފުލުހުން، ކަރެކްޝަނަލް އަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމުގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!