އެމްއެމްއޭ އިން ޕައިތަން ޕްރޮގްރާމިން ކޯހެއް ފަށައިފި

ޒުވާނުންނަށް ޕައިތަން ޕްރޮގްރާމިން ލޭންގުއޭޖް ދަސްކޮށްދޭ ކުރު ކޯހެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފަށައިފިއެވެ. ޕައިތަން ޕްރޮގްރާމިން އަކީ ޕްރޮގްރާމިންގެ އެކި މަސައްކަތް ކުރާ މީހުން ދަސް ކުރާ އެންމެ ބޭސިކް ޕްރޮގްރާމެވެ.

“އިންޓްރަޑަކްޝަން ޓު ކޮމްޕިއުޓާ ސައިންސް އެންޑް ޕްރޮގްރާމިން ޔޫސިން ޕައިތަން”ގެ ގެ ނަމުގައި ކުރިއަށް ގެންދާ މި ކޯސް އަމާޒުކޮށްފައި ވަނީ މިދިޔަ އަހަރު އޯލެވެލް ނިންމާފައިވާ ދަރިވަރުންންނަށެވެ. އެމްއެމްއޭއިން ބުނީ މި ކޯހުގައި ވިހި ފަރާތަކުން ބައިވެރިވެފައިވާ ކަމަަށެވެ.

ކޯސް ފެއްޓުމުގެ ގޮތުން، ކޯހުގެ ބައިވެރިންނާ ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ މާލީ ނިޒާމުގެ ކުރިއެރުމާއި ޓެކްނޮލަޖީ އާއި ވަރަށް ބޮޑަށް ގުޅިފައިވާކަމަށެވެ. ވަކިން ހާއްސަކޮށް ގައުމީ ޕޭމެންޓް ނިޒާމެއް ގާއިމުކުރެވުމުން ޕްރޮގްރާމާސް އަށް އޮންނަ ޑިމާންޑް މިހާރަށްވު ރެ އިތުރު ވާނެ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އެމްއެމްއޭއިން ހިލޭ ނުވަ ހަފްތާ އަށް ކުރިއަށް ގެންދާ މި ކޯހުގައި ލެކްޗާތައް ދެއްވާނީ އެ އޮތޯރިޓީގެ ފަންނީ ބޭފުޅުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!