ބިދޭސީން ރީ ރަޖިސްޓާ ކުރުމުގެ ޕްރޮގްރާމް އައްޑޫ އާއި ކުޅުދުއްފުށީ ސިޓީގައި

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރީ ރަޖިސްޓާ ކުރުމުގެ ޕްރޮގްރާމްގެ ބައެއް އައްޑޫ ސިޓީ އާއި ކުޅުދުއްފުށީ ސިޓީގައި ކުރި އަށް ގެންގޮސްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަހުގެ 17 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެ ދެ ސިޓީން ވެސް ބިދޭސީން ބައިވެރިވި ކަމަށާ ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ ވަރަށް ގިނަ ބިދޭސީން ތަކެެއް ގާނޫނުގެ އިމުގެ ތެރެ އަށް ވަނުމަށް ރަޖިސްޓްރީވި ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ޕްރޮގްރާމް އަންނަ ހޮނިހިރު ދުވަހު ފުވައްމުލަކު ސިޓީގައި ވެސް ކުރިއަށް ދާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!