ހިމަބިހިން ދިފާއުވުމަށް ދޭ ވެކްސިންގެ 30،000 ޑޯޒް އިންޑިއާއިން ރާއްްޖެއަށް ހަދިޔާ ކޮށްފި އެވެ.
ހެލްތު މިނިސްޓްރީންގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސް އެއްގައި މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ދެ ލައްކަ މީހުންނަށް ވެކްސިން ދޭން ސަރުކާރުން ފެށި ޕްރޮގްރާމަށް އިންޑިއާ ސަރުކާރުގެ އެހީގައި 30،000 ޑޯޒް މާދަމާ ރާއްޖެ ގެންނާނެ ކަމަށެވެ.
“އިންޑިއާ ސަރުކާރާއެކު ވާހަކަ ދައްކައި ކުރެވުނު މަސަައްކަތުގެ ތެރެއިން މާދަމާ ރާއްޖެއަށް ގެނެވޭނެ ކަމަށް މައުލޫމާތު ލިބިފައި ވަނީ 30،000 ޑޯޒް” މިނިސްޓަރު ވިދާޅުވިި އެވެ.
ރާއްޖޭން ނައްތާލާފައިވާ ހިމަބިހި ފެތުރެން ފަށާފައިވާއިރު، މިހާތަނަށް ޓެސްޓު ކުރި 70 އަށް ވުރެ ގިނަ މީހުންގެ ތެރެއިން ޕޮސިޓިވް ވެފައި ވަނީ ހަތަރު މީހުންނެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ނައްތާލާފައިވާ ހިމަބިހި ފެތުރެމުންދާއިރު، ބަލި ޖެހިގެން ރިޕޯޓު ކުރި ސަރަހައްދުގެ ތެރެއިން 3100 މީހުންނަށް ވެކްސިން ޖަހާފައިވާ ކަމަށެވެ.