ވަގު ޕާސްޕޯޓާއެކު ފުރަން އުޅުނު 3 ބިދޭސީއަކު ހުއްޓުވައިފި

ވަގު ޕާސްޕޯޓާއެކު ފުރަން އުޅުނު 3 ބިދޭސީއަކު ހުއްޓުވައިފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ، ނަކަލުކޮށްފައިވާ ޕާސްޕޯޓް ބޭނުންކޮށްގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރަން މަސައްކަތްކުރި 3 ފިރިހެނަކު މޯލްޑިވްސް އިމިގްރޭޝަނުން ހުއްޓުވާފައިވާކަމަށެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި ވަގު ޕާސްޕޯޓު ބޭނުންކޮށްގެން ފުރަން އުޅުނު މީހުންގެ ތެރޭގައި ހިމެނެނީ ބިދޭސީ ތިން މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 22 އަހަރުގެ ދެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނެެއް ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މި މީހުންނާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.

ވަގު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވާން އުޅުނު ގިނަ އަދަދެއްގެ ބަޔަކު އިމިގްރޭޝަނުން މިހާތަނަށް ވަނީ ހުއްޓުވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!