އަންހެނުން ހިތާނު ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާ އަދި އެކަމަށް ހިތްވަރުދޭ ކަމެއްވެސް ނޫން ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
އަމީން މިހެން ވިދާޅުވެފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް އެޑްރެސްކުރައްވާ މިނިސްޓްރީ އޮފް ހެލްތު | އެގްޒެކެޓިވް ބިއުރޯއިން ފޮނުވި މެމޯއެއްގައެވެ.
އަމީން ސޮއިކުރައްވައި ނެރުއްވި މިމެމޯގައި ވިދާޅުވީ، އަންހެނުން ޚިތާނުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށާއި އަދި ހިތްވަރުދޭ ކަމެއްވެސް ނޫންކަމުގައިވާއިރު، މިކަމުގައި ލަފައެއް ހޯދަންޖެހޭ ޙާލަތެއް އޮތްކަމަކަށް ނުދެކޭކަމަށެވެ.
އަދި އެޗްޕީއޭއިން އިސްލާމިކް މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީ ބާތިލްކޮށް އެކަން މިނިސްޓްރީއަށް އެންގުމަށް ވަނީ އެދިފައެވެ.
ރާއްޖޭގައި މީގެ އަަހަރުތަކެއް ކުރިން އަންހެން ކުދިން ހިތާނުކުރުވައެވެ. ނަމަވެސް ފަހުން އެކަން މުޅިން ވަނީ ހުއްޓިފައެވެ. އެއީ ދީނީ ކަމެއްކަމަށް ބުނެ ބައެއް ރަށްރަށުގައި އެކަން ކުރުވާ މީހުން އުޅޭ ކަމަށްވެއެވެ. ނަމަވެސް އަންހެން ކުދިން ހިތާނު ކުރުމަކީ ދީނުގައިވާ ކަމެއް ނޫނެވެ.