ކަނޑުވެފައި ތިބި ހަތަރު މީހަކު ސަލާމަތް ކޮށްފި އެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ، ހަތަރު މީހުންނާއި އެކު ދަތުރުކުރި އުޅަނދެއް ކ. އިތާފުށި ކައިރިޔަށް އަޑިޔަށް ދިޔަ ކަމުގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހެނދުނު 10:25 ހާއިރު ކަމަށެވެ.
އަޑިއަށް ގޮސްފައި ވަނީ 40 ވަރަކަށް ފޫޓްގެ ދޯންޏެވެ. ކަނޑުވި ހަތަރު މީހުން އެސަރަހައްދުން ދަތުރުކުރި ޑައިވިން ދޯންޏަކަށް ފެނިގެން ވަނީ ނަގާފައެވެ.
އެ ހަތަރު މީހުންގެ ހާލުވެސް ރަނގަޅުކަމަށް މައުލޫމާތުލިބެއެވެ.