ރަސްމާދޫގައި އަލަށް އިންޖީނުގެއެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

ރ.ރަސްމާދޫގައި އަލަށް އިންޖީނުގެއެއް އެޅުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ބަޔަކާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ޓައިނީ ނީމޯ ކިޔާ ކުންފުންޏަކާއެވެ.

ޓައިނީ ނީމޯ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިޔާމެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދެވެ.

މި ޕްރޮޖެކްޓު ހަވާލުކޮށްފައިވަނީ 5,566,046.52 ރުފިޔާއަށެވެ. މި ޕްރޮޖެކްޓުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. އަދި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހަށެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުން 27 ރަށެއްގައި ހުރި އިންޖީނުގެތައް މީހުން ދިރިނޫޅޭ ސަރައްޙައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފެނަކައިން މިހާރުވެސް ގެންދަނީ ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!