5 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި އުމުރުން ދުވަސްވީމީހާ ހައްޔަރުކޮށްފި

ދެކުނުގެ އަތޮޅެއްގެ ރަށެއްގައި އުމުރުން 5 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ އުމުރުން ދުވަސްވީމީހާ ފުލުހުން މިރޭ ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ދެކުނުގެ އަތޮޅަކަށް ނިސްބަތްވާ ރަށެއްގައި އުމުރުން ފަސް އަަހަރުގެ ކުއްޖަކަށް އުމުރުން 56 އަަހަރުގެ ދިވެހި ފިރިހެނެއް ޖިންސީ ގޯނާކުރި މައްސަލައެއް ރޭގެ ވަގުތެއްގައި ހުށަހެޅި ކަމަށެވެ.

ފުލުހުންނާއި، ޖެންޑާގެ ޓީމެއް މިއަދު ވަނީ އެ ރަށައް ގޮސްފައެވެ. އަދި އެކުއްޖާގެ އާއިލާގެ ބަޔާންތަކެއް ވެސް ވަނީ ނަގާފަ އެވެ.

ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް 56 އަހަރުގެ އެ މީހާ ހައްޔަރު ކޮށްފައިވަނީ މިރޭގަ އެވެ. އަދި އޭނާ އެހެން ރަށަކަށް ގެންދަން ފުލުހުންގެ ލޯންޗަކަށް މިރޭ ވަނީ އަރުވާފަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެމައްސަލަ ހިނގައިދިޔަ ރަށުގައި ހަމަ އެމީހާގެ ފަރާތުން އިތުރު ކުއްޖަކަށްވެސް ވަނީ ޖިންސީ ގޯނާ ފޯރާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!