ގއ. ކަނޑުހުޅުދޫގައި އުމުރުން އެންމެ ދެއަހަރުގެ ތުއްތު އަންހެން ކުއްޖާ ރޭޕްކުރިކަމަށް ތުހުމަތުކުރެވޭ ކާފައާއި މުނިކާފަގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން ވިދާޅުވީ، އެ މައްސަލައިގެ ތުހުމަތުގައި މިއަދު ހައްޔަރުކުރި އުމުރުން 62 އަހަރުގެ ފިރެހެން މީހާއާއި އުމުރުން 81 އަހަރުގެ ފިރެހެން މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން އެމީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތު ކޯޓުން ދީފައިވާކަމަށެވެ.
މި ދެމީހުން ކަނޑުހުޅުދޫއިން ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ އެއަތޮޅު ގެމަނަފުށީ ޕޮލިސް ސުޓޭޝަނަށެވެ. މި ދެމީހުން އެރަށު ޕޮލިސް ސުޓޭޝަނަށް ގެންދިއުމުން އެރަށުގެ ގިނައަދަދެއްގެ ރައްޔިތުން ވެސް ވަނީ ޕޮލިސް ސުޓޭޝަން ކައިރިޔަށް އެއްވެ ނުރުހުން ފާޅުކޮށްފައެވެ.