ރޭޕްއާއި ދެކޮޅަށް ކުރިޔަށްދާ އެއްވުމުގައި ނުރުހުމުގެ އިނގިލި މިނިސްޓަރ ޝިދާތާއަށް

ރޭޕްކުރުމާއި ދެކޮޅަށް ޖެންޑާ މިނިސްޓްރީ ކުރިމަތީގައި މުޒާހަރާ ކުރަން ފަށައިފި އެވެ.

މިނިސްޓްރީ ކުރިމަތީ ގިނައަދަދެއްގެ އާއްމުން ބައިވެރިވެގެން ކުރިޔަށްދާ މުޒާހަރާއަކީ ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ ކުރިމަތިވަމުންދާތީ އެކަމާ ދެކޮޅައް އަޑުއުފުލުމުގެ ގޮތުން ކުރިޔަށްދާ މުޒާހަރާއެކެވެ.

މުޒާހަރާގެ ބައިވެރިން މިނިސްޓަރ ޝިދާތާގެ އިސްތިއުފާއަށް ގޮވަމުން ދަނިކޮށް މިނިސްޓަރ ވަނީ މުޒާހިރާގައި ބައިވެރިވެފައެވެ.

އާންމުންނާއި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ ޖެންޑަރ މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަމުން ގެންދާކަމަށާއި އެފަދަ ކުދިންނަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދެމުން ގެންދާކަމަށެވެ.

ރޭޕްކުރެވުނު ދެ އަހަރުގެ ކުއްޖާގެ މަންމަ މާލެ ގެނެވުނުއިރު އެކުއްޖާ އެފަދަ މާހައުލެއްގައި ބަހެއްޓީ ކީއްވެގެންތޯ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝިދާތާ ވިދާޅުވީ މީގެ ކުރިން އެފަދަ މައްސަލައެއް ޖެންޑާއާއި ހިއްސާކުރެވިފައި ނުވާ ކަމަށެވެ.

މީގެއިތުރުން ޖެންޑާރ އަށް މީހުން ހައްޔަރު ނުކުރެވޭނެ ކަމަށާއި އަދަބުވެސް ނުދެވޭނެ ކަމަށް ތަކުރާރުކޮށް ޝިދާތާވިދާޅުވަމުން ގެންދެވިއެވެ.

ޖެންޑާ މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވަން ޖެހޭކަމަށް ފެނިވަޑަގަންނަންތޯ ނޫސްވެރިއަކު ސުވާލުކުރުމުން މިނިސްޓަރ ވިދާޅުވީ އިސްތިއުފާ ދެއްވުމަށް ފަހުގައި ރޭޕް ކޭސް އެއް ނުހިނގާނެ ކަމުގެ ޔަގީންކަން އަރުވައިފިނަމަ މަގާމުން ދުރުވާނެ ކަމަށެވެ.

“އަޅުގަނޑު އިސްތިއުފާ ދޭނަން އޭގެ ފަހުން އެއްވެސް ޗައިލްޑް ރޭޕް ކޭސް އެއް ނުހިނގާނެ ކަމުގެ ޔަގީންކަން ދެންޔާ” މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

މުޒާހަރާގެ ބައިވެރިންގެ ނުރުހުން ފާޅުކުރަމުން ދަނިކޮށް އެސްއޯ ފުލުހުން ވަނީ މިނިސްޓަރާއި މުޒަހާރާގެ ބައިވެރިން ދުރުކޮށް، ފުލުހުންގެ ވެހިކަލެއްގައި މިނިސްޓަރު އެ ސަރަހައްދުން ގެންގޮސްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!