ޖަޕާނުގެ މީހަކަށް ކަރޯނާ ވައިރަސް ޖެހިއްޖެ

ޗައިނާއިން މިހާރު ފެނިފައިވާ އާ ކޮރޯނާ ވައިރަސް ޖަޕާނު މީހަކަށް ޖެހިފައިވާކަމަށް ޖަޕާނުގެ ހެލްތު މިނިސްްޓްރީން ކަށަވަރުކޮށްދީފި އެވެ.

އުމުރުން 30 ގެ އަހަރުތައް ގުނަމުންދާ މިމީހަކީ ޓޯކިޔޯގެ ކަނަގަވާ ސަރަޙައްދަށް ނިސްބަތްވާ މީހެއްކަމަށް އެޤައުުމުން ބުނެއެވެ. މިމީހާ ވަނީ ދާދިފަހުން ޗައިނާގެ ވުހާން އަށް ދަތުރުކޮށްފައެވެ. ވުހާން ސިޓީގައި މިހާރު އަންނަނީ ނިޔުމޯނިއާ ވަރަށް ބާރަށް ފެތުރެމުންނެވެ.

ޖަޕާނުގެ މިމީހާ ވަނީ ޗައިނާއިން އައުމަށްފަހު ހުން އަންނާތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ކަމަށާއި އަދި ބުދަދުވަހު އޭނާގެ ޙާލަތު ރަނގަޅުވުމުން ދޫކޮށްލާފައިވާކަމަށް ޖަޕާނުގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިންވަނީ މި އާ ވައިރަސް ފެތުރިގެން ހިނގައިދާނެ ކަމުގެ އިންޒާރު މީގެކުރިން ދީފައެވެ.

ހޯމަ ދުވަހު ޗައިނާގެ އަންހެނަކު ތައިލެންޑުގައި ކަރަންޓީނު ކޮއްފައިވާއިރު އޭޝިޔާ ޞަރަޙައްދުގެ ޤައުމުތަކުން އަންނަނީ އެއަރޕޯޓްތައްވެސް މޮނީޓަރ ކުރަން ތައްޔާރުވަމުންނެވެ. 

ބުދަ ދުވަހު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ވުހާން ސިޓީއަށް ދަތުރުކުރުމަށް ހެލްތު އެލަރޓް ނެރެފަ އެވެ. ހޮނިހިރު ދުވަހު ޗައިނާގައި ވަނީ 61 އަހަރުގެ ފިރިހެނަކު ނިޔުމޯނިއާ ޖެހިގެން މަރުވެފައެވެ. މިއީ ކޮރޯނާ ވައިރަސް ޖެހުމުގެ އަލާމާތެކެވެ.

ޗައިނާއިން މިހާތަނަށް އައިއިރު 41 މީހަކަށް ނިޔުމޯނިއާ ޖެހިފައިވާކަން ވަނީ ކަށަވަރުވެފައެވެ. އަދި ލެބްރިޕޯޓް ޓެސްޓްތައް ދައްކާގޮތުން މިއީ އާ ކޮރޯނާ ވައިރަސްގެ ސަބަބުން ޖެހެމުންދާ ބައްޔެކެވެ. މި ވައިރަސް އިން އަރިދަފުސް ރޯގާއިން ފެށިގެން ސަރސް ބަލި ޖެހުމަށް މަގުފަހިކޮށްދެ އެވެ.

2002 ވަނަ އަހަރު ދެކުނު ޗައިނާއިން ފެނުނު ސަރސް ރޯގާ 37 ޤައުމެއްގެ 8،000 މީހުންނަށް ޖެހުނު އިރު އެ ބަލީގައި 800 މީހުން ވަނީ މަރުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!