ހުޅުމާލޭގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ނިރޮޅުމަގުން އުތުރުން ދެކުނަށް ދުއްވާފައިދިޔަ ދެ ސައިކަލް އިން އެއް ސައިކަލް ޔޫ ޓާން ނަގަން އުޅުމުގެ ތެރޭގައި ދެ ސައިކަލް ޖެހިއެވެ. އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުން ނަށް ރިޕޯޓް ކޮށްފައިވަނީ ރޭ 22:41 އެހާކަންހާ އިރުއެވެ.
މި އެކްސިޑެންޓުގައި އެއްސައިކަލު ދުއްވަން އިން އުމުރުން 39 އަހަރުގެ މީހަކަށާއި ސައިކަލުގެ ފަހަތު ސީޓުގައި އިން 40 އަހަރުގެ އަންހެނަކަށް އެކިވަރުގެ އަނިޔާ ލިބިފައި ވެއެވެ. އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބެއެވެ. އަނެއް ސައިކަލު ދުއްވަން އިނީ 19 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި ދެމީހުންގެ އަތުގައި ވެސް ލައިސެންސް ނެތްކަމަށް ފުލުހުން ބުނެއެވެ. އެހެން ކަމުން އެ ދެމީހުން ޖޫރިމަނާ ކޮށް އެ ދެ ސައިކަލު ވެސް ވަނީ ޓޯ ކޮށްފައިއެވެ.
ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.