ރައީސް އެދިވަޑައިގަންނަވަނީ ބޮޑު ތިން އިންތިހާބު އެއް ދުވަހެއްގައި ބާއްވަން

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބު އެކީގައި ބާއްވަން ފެނިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭންގައި ހދ. ނޮޅިވަރަމަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރުން ބައެއް ކަންތައްތައް ކުރިއަށް ގެންދިއުމަށް ލަސްވެފައި ހުރެދާނެ ކަމަށާއި އޭގެ އެންމެ ބޮޑު އެއް ސަބަބަކީ އިންތިހާބުތައް ވަކިވަކިން އޮތުން ކަމަށެވެ. އަދި އެ ތިން އިންތިހާބު އެއް ދުވަހެއްގައި, އެއްވަގުތެއްގައި ބޭއްވުމުގެ މަސައްކަތްކޮށް، ހުރިހާ އިންތިހާބެއް އެކީގައި ބޭއްވިއްޖެނަމަ ޤައުމުގެ ތަރައްޤީއަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިޙްގެ ވާހަކަފުޅުގައި އިދިކޮޅު ފަރާތްތަކަށް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރެއްވިއްޖެނަމަ، ރާއްޖޭގެ ތަރައްޤީއަށްޓަކައި ފަށާފައިވާ ހުރި މަސައްކަތްތަކަށް ހުރަސްތަކެއް އެޅިގެންދާނެކަމަށް ވިދާޅުވާ ވިދާޅުވުން ވަނީ ތަކުރާރު ކުރައްވާފައެވެ. އަދި މަޖިލިސް އިންތިޚާބުގައިވެސް ރައްޔިތުން އެމްޑީޕީގެ ސިޔާސުތައް ރައްޔިތުން ބަލައިގަތްކަމާއި އެ ސިޔާސުތަކަށް އިތުބާރު ކުރިކަން ސާބިތުކޮށްދިން ކަމަށާއި އަދި މި އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައިވެސް ރައްޔިތުން ކުރިން ނިންމި ނިންމުން ތަކުރާރު ކުރެއްވުމަށް ރައީސް ގޮވާލެއްވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!