ފެނުނީ ވެކްސިން ތައްގަނޑެއް ނޫން

އައްޑޫ މަރަދޫފޭދޫގައި ހުންނަ ދަމަނަވެށި ފަޅާލައިގެން މިދިޔަ މަހުގެ ފަހުކޮޅު ވަގަށް ނެގި ވެކްސިން ތައްގަނޑާ އެކު ގެއްލުނު އެ އޮފީހުގެ ރަސްމީ ތައްގަނޑު ގދ. އަތޮޅުގެ ފަޅު ރަށަކުން ފެނިއްޖެ އެވެ.

ދަމަނަވެށީގެ ލިޔުންތަކުގައި ޖަހާ ތައްގަނޑު ފެނިފައި ވަނީ ގދ. ނަޑެއްލާ ކައިރީގައި އޮންނަ މާފުށި ކިޔާ ފަޅުރަށެއްގެ ގޮނޑުދޮށުންނެވެ.

އެނގިފައިވާ ގޮތުގައި އެ ތަތްގަނޑު ފެނުނީ، ނަޑެއްލާ ކައުންސިލްގައި މަސައްކަތް ކުރާ މީހަކަަށް ދުވަސްކޮޅެއް ކުރިންނެވެ. އެކަމަކު، އެ ތައްގަނޑު ފެނުނު ވާހަކަ އެ މީހާ ކަމާ ބެހޭ ފަރާތްތަކަށް އެންގީ، އައްޑޫ ދަމަނަވެށީގެ ތައްގަނޑާއި ވެކްސިން ތައްގަނޑު ވަގަށް ނަގާފައިވާ ކަން މީޑިއާގައި އިއްޔެ ރިޕޯޓު ކުރުމުންނެވެ.

އެހެންވެ، ނަޑެއްލާ ކައުންސިލަށް ގުޅައި އެ ތަތްގަނޑު ނަޑެއްލާ ސިއްހީ މަރުކަޒާ ހަވާލުކުރަން އައްޑޫ ހޮސްޕިޓަލުން މިހާރު ވަނީ އެދިފަ އެވެ.

ވެކްސިން ތައްގަނޑާއި ދަމަނަވެށީގެ ތައްގަނޑު ވަގަށް ނަގާފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ދަމަނަވެށި ފަޅާލައިގެން ކަމަށް އެތަނުން ބުންޏެވެ. ތިން ފަހަރެއްގެ މަތިން އެތަން ފަޅާލައިގެން ނެގި ތަކެތީގެ ތެރޭގައި ރަސްމީ ލިޔެކިޔުންތައް ހުންނަ ކޮމްޕިއުޓަރުގެ ސީޕީޔޫ އާއި އިތުރު ކޮމްޕިއުޓަރެއްގެ މޮނީޓަރާއި ދެ ކީބޯޑާއި ޓޫލް ބޮކްސް އަކާއި އޮފީހުގެ ވައްގަނޑުގައި އޮތް 1،800ރ. ހިމެނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!