ވެކްސިން ދިނުމާ ދެކޮޅަށް އާއްމުންނަށް މައުލޫމާތު ދޭ ވައިބަރ ގްރޫޕެއްގެ މައްސަލަ ބަލަން ފަށައިފި

ވެކްސިން ދިނުމާ ދެކޮޅަށް އާއްމުންނަށް މައުލޫމާތު ދޭ ވައިބަރ ގްރޫޕެއްގެ މައްސަލަ ބަލަން ފަށާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހާމަކޮށްފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ ވެކްސިން ދިނުމާ ދެކޮޅު ވައިބަރ ގްރޫޕުގެ މައްސަލަ، 2019 ވަނަ އަހަރުގެ ތެރޭގައި ފުލުހުން ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އަދި މިކަމާ ގުޅިގެން ކަމާ ބެހޭ އިދާރާތަކާ ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާނޭކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި މިކަމުގައި ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަކަމަށްވެސް ވިދާޅުވިއެވެ.

ފުލުހުން މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގައި ހިމަބިހި ފެތުރެމުންދާކަމަށް މިނިސްޓްރީ އޮފް ހެލްތު އިން ވަނީ ހާމަކުރައްވާފައެވެ. މި ބައްޔަށް ޝައްކުކުރެވޭ ބަލި މީހުންތަކެއް ފެނިފައިވާއިރު، އެންމެ ފުރަތަމަ ބައްޔަށް ޕޮޒިޓިވް ވެފައިވަނީ އުމުރުން ތިން އަހަރުގެ، ވެކްސިން ނުޖަހާ ހުރި ކުއްޖެކެވެ.

ވެކްސިން އަކީ ސާބިތު ހިފޭ ފަރުވާއެއްކަމަށް ސިއްހީ ދާއިރާގެ މާހިރުންނާއި، ދީނީ އިލްމުވެރިންވެސް ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!