އއ. އުކުޅަހަށް ދަތުރު ކުރަމުން ދިޔަ ލޯންޗެއް ފަރަށް އަރައިގެން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ 20 މީހުންނާއެކު މާލެއިން ފުރައިގެން އއ.އުކުޅަހަށް ދަތުރުކުރި ލޯންޗެއް ގިރާވަރު ރިސޯޓު ދެކުނު ފަރާތު ކަންމައްޗަށް ފަރަށް އަރާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 4:55 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެ ސަރަހައްދުގައި މިހާރު ކޯސްޓްގާޑުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.