ކުރީގެ ރައީސް، ޔާމީނު ގެ ލޯޔަރު ޔާމީނުގެ ސަޕޯޓަރުންނަށް ފާޑުކިޔައި ހިތާމަ ކުރައްވައިފިއެވެ. ލޯޔަރު އާސިފް ކުރެއްވި ޓްވީޓެއް ގައި އެޗްޑީސީއާއި، އެމްޕީއެލް، އެމްޓީސީސީ، މިފްކޯ ފަދަ ތަންތަނުން ޔާމީނުގެ ދައުރުގައި ހާދަ ގިނަ ބަޔަކަށް ވަޒީފާ އާއި ފައިދާ ތައް ލިބިފައި ވާކަމަށާއި، ނަމަވެސް ޔާމީނު ޖަލުގައި ބަޔާޅީސް ދުވަސް ވީއިރު މި މީހުން ކޮބައިތޯ ބުނެ އާސިފް ވަނީ ސުވާލު ކުރައްވާފައެވެ.
އަދި ހެންވޭރު އާއި މާފަންނު ގައި އޮފީސް ހަދައިގެން ވަޒީފާ އާއި އިނާޔަތްތައް މި ދެވުނީ ބޯވަ ތަކަކަށް ބާވައޭ ބުނެ އާސިފް ވަނީ ސުވާލު ކުރައްވާފައެވެ. އަދި މިވާހަކަ މިހާރު ދައްކަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ޔާމީނު ޖަލުގައި މީހާ ދުވަސް ވީއިރު މާބޮޑު އަޑެއް ބަޑެއް ނީވެއެވެ. ބައިނަލްއަޤްވާމީ ދުނިޔެއިން ވެސް އެއްވެސް ބަޔަކު ޔާމީނު ދޫކޮށްލުމަށް ބާރުއަޅަމުންނެއް ނުދެއެވެ. އަދި ޔާމީނު ކައިރީގައި ތިބި ގިނަ މީހުން މިހާރު ވާނީ އެހެން ޕާޓީތަކާއި ގުޅިފައެވެ. ޔާމީނު އަށް ސަޕޯޓުކޮށް ޓްވީޓެއް ކޮށްލަނީވެސް ވަރަށް މަދުން ފޭކް އެކައުންޓު ތަކުން ނެވެ.