މިނިސްޓަރު ޝިދާތާގެ މައްސަލައެއް އޭސީސީ އަށް

ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފްގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް (އޭސީސީ) ހުށަހަޅައިފިއެވެ.

އަމިއްލަ ފަރާތަކުން މިނިސްޓަރު ޝިދާތާއާ ގުޅޭގޮތުން އޭސީސީ އަށް ހުށަހަޅާފައިވަނީ އަމިއްލަފުޅު ދަތުރެއްގައި އާއިލާއާއި އެކު މެލޭޝިޔާއަށް ވަޑައިގެން، އެ ޤައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި އޮންނަ ދައުލަތުގެ ކާރު ބޭނުން ކުރެއްވި މައްސަލައެކެވެ. ޝިދާތާ މިވަގުތު ހުންނެވީ ވެސް މެލޭޝިޔާގައެވެ.

އެ މައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް އޭސީސީން ހާމަކުރެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!