މިރޭ މާލޭ ސިޓީގައި ހަވާ ނޭރުވި ނަމަވެސް 47 ރިސޯޓެއްގައި ހަވާ އަރުވާނެ

އާ އަހަރާއި ދިމާކޮށް މިރޭ މާލޭ ސިޓީގައި ހަވާ ނޭރުވި ނަމަވެސް 47 ރިސޯޓެއްގައި ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖަރ އިބްރާހީމް އާޒިމް ވިދާޅުވެއްޖެއެވެ.

“މިރޭ މާލޭ ސިޓީގައި ހަވާ ނާރުވާނެ. ހަވާ އެރުވުން ކުރިއަށް ގެންދާނީ 47 ރިސޯޓެއްގައި،” އާޒިމް ވިދާޅުވި އެވެ.

ހަވާ ނޭރުވި ކަމުގައި ވީނަމަވެސް އާ އަހަރު ފާހަގަކުރުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާއްސަ ޝޯއެއް ބޭއްވުމަށް ނިންމާފައެވެ.

އަންގާރަ ދުވަހުގެ ރޭ (މިރޭ) 20:30 ގައި ކާނިވާ ސަރަހައްދުގައި ފެށޭ މި ޝޯ ގައި ރާއްޖޭގެ ފާހަގަކޮށްލެވޭ ފަންނާނުން ބައިވެރިވާނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ. އޭގެ ތެރޭގައި މޯލްޑިވިއަން އައިޑޮލް އިން ވިދާލި ޝަލަބީ އިބްރާހިމް އާއި ޒާރާ މުޖްތަބާ އާއި މުހައްމަދު ޝިއުޒް އާއި ބޮޑުބެރު ބޭންޑެއް ކަމުގައިވާ “ނާބަ” ބޭންޑުގެ ހުށަހެޅުންތައް ފެންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!