13 އަހަރުގެ ކުއްޖާ ވިހޭ މައްސަލައިގައި ބެލެނިވެރިންގެ މައްޗަށް ދަޢުވާކޮށްފި

13 އަހަރުގައި އަންހެން ކުއްޖަކު ވިހެއި މައްސަލާގައި އެ ކުއްޖާގެ ބެލެނިވެރިންނަށް ދައުވާކޮށްފި އެވެ.

ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހުން ވިދާޅުވީ 13 އަހަރުގެ ކުއްޖާގެ މަންމަގެ މައްޗަށް 4 ދައުވާ އެއް އުފުލާފައިވާއިރު އެ ކުއްޖާގެ ބައްޕަގެ މައްޗަށް ވެސް އެއް ދައުވާ ވަނީ އުފުލާފައެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި ތޭރަ އަހަރުގެ ކުއްޖާއާ ކައިވެނީގެ ނަމުގައި ގުޅިގެން އުޅުނު ރ. މަޑުއްވަރި، ފެހިއަލި، އިސްމާޢީލް ޙައްމާދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދަޢުވާއާ ގުޅިގެން ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ މިއަދު އަމުރުކޮށްފައެވެ. އެހެން ނަމަވެސް 13 އަހަރުގެ ކުއްޖަކު ވިހެއި މައްސަލާގައި ދަޢުލަތުން ދައުވާކުރި ކުއްޖާގެ ބައްޕަ އާއި މަންމަ ޝަރުތުތަކަކާއެކު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!