ފޮޓޯ: ގޫގުލް

ލަފާކުރި މިންވަރަށްވުރެ ރަސްމީ ރިޒާވް އިތުރުވެއްޖެ

ރާއްޖޭގެ ރަސްމީ ރިޒާވް 752 މިލިއަން ޑޮލަރަށް އަރާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހާމަކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ މަރުކަޒީ ބެންކު، އެމްއެމްއޭއިން ވިދާޅުވީ މިއީ ރަސްމީ ރިޒާވް އިތުރުވާނޭކަމަށް ލަފާކުރި ވަރަށްވުރެ އިތުރު އަދަދެއް ކަމަށެވެ. ސަރުކާރުން ކުރިން ލަފާކުރީ މިއަހަރުގެ ނިޔަލަށް ރަސްމީ ރިޒާވްގައި ހުންނާނީ 635 މިލިއަން ޔޫއެސް ޑޮލަރުކަމަށެވެ. ނަމަވެސް އަހަރު ނިމުނުއިރު ރަސްމީ ރިޒާވް 752 މިލިއަން ޑޮލަރަށް އިތުރުވެފައިވާއިރު، މިއީ ކުރިން ލަފާކުރި އަދަދަށްވުރެ 117 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.

ރާއްޖޭގެ ރަސްމީ ރިޒާވް ރަނގަޅުވެފައިވާ މައިގަނޑު އެއް ސަބަބަކީ ފަތުރުވެރިކަމުން ލިބުނު އާމްދަނީ އިތުރުވެ، އިގްތިސާދީ ދުވެއްޔަށް ލިބުނު ކުރިއެރުމުންކަމަށް އެމްއެމްއޭއިން މަޢުލޫމާތުދެއްވައެވެ.

އެމްއެމްއޭއިން ލަފާކުރާ ގޮތުގައި އަންނަ އަހަރު ރާއްޖޭގެ ރަސްމީ ރިޒާވް 863 މިލިއަން ޑޮލަރަށް އިތުރުވާނެއެވެ. އަންނަ އަހަރުގެ ރަސްމީ ރިޒާވް އިތުރުވާނެ ކަމަށް ބެލެވޭ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތާއި އިމާރަތްކުރުމުގެ ސިނާއަތް ކުރިއެރުން ހިމެނޭ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

އެގޮތުން އަންނަ އަހަރު ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުން ހުންނާނެކަމަށް ބެލެވެނީ 9.6 އިންސައްތައިގައި ކަމަށްވާއިރު އަންނަ އަހަރު ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއެކު އިމާރާތްކުރުމުގެ ދާއިރާ 9.3 އިންސައްތަ ކުރިއަރާނެ ކަމަށް އެމްއެމްއޭ އިން ލަފާކުރެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!