އާ އަހަރު ފާހަގަ ކުރަން ގާނޫނާ ހިލާފު ކަންކަން ކުރަން އެބަރާވާ: ފުލުހުން

އާ އަހަރު ފާހަގަ ކުރަން ގާނޫނާ ހިލާފު ކަންކަން ކުރަން ރާވާފައިވާ ކަމުގެ މައުލޫމާތުތައް ލިބޭ ކަމަށާއި އެފަދަ ހަރަކާތްތައް ހިންގަން ފަންޑު ހޯދުމަށް ފޭރެމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިޓެންޑަންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ އާ އަހަރު ފެށުން ފާހަގަ ކުރުމުގެ ގޮތުން މާލެ ސަރަހައްދުގައި ބައެއް ފަރާތްތަކުން ބާއްވާ ހަފްލާތަކުގައި ގާނޫނާއި ހިލާފު ކަންކަން ކުރުމަށް ރާވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެކަންކަން ހުއްޓުވަން ފުލުހުން ހިންގާ އޮޕަރޭޝަންގެ ތެރެއިން އާ އަހަރު ފާހަގަ ކުރަން ހިންގާ ހަރަކާތްތަކަށް ފަންޑު ހޯދަން ފޭރިފައިވާ ބައެއް ފައިސާ އާއި މަސްތުވާތަކެއްޗާއި ބަނގުރާ ހިފަހައްޓާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

“ފޭރުމަށް ބޭނުން ކުރާ އާލާތްތަކާއި އާ އަހަރު ފާހަގަ ކުރަން ހިންގާ ހަރަކާތްތަކަށް ފަންޑު ހޯދަން ފޭރިފައިވާ ފައިސާއާއި ބަނގުރަލާއި މަސްތުވާތަކެއްޗާއި ފުލުހުން މިހާރު ހިނގަމުންދާ އޮޕަރޭޝަންތަކުގައި ވަނީ އަތުލައިގެންފައި،” ސަމީރު ވިދާޅުވި އެވެ.

ސަމީރު އިތުރަށް ވިދާޅުވީ އާ އަހަރު ފާހަގަ ކުރަން ހިންގާފާނެ ޖިނައީ ކުށްތައް ހުއްޓުވުމަށް މިރޭ ފުލުހުން ހަރަކާތްތެރިވާނެ ކަަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!