ދުވަސްވީ ދެމަފިރިންގެ ގެއިން ފައިސާ ވަގަށް ނެގި މީހާ ދޫކޮށްލައިފި

މި ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ފަތިހު ގދ. ގައްދޫގެ އުމުރުން ދުވަސްވީ ދެމަފިރިއެއްގެ ގެއިން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައިގައި ހައްުޔަރުކުރި މީހާ ދޫކޮށްލައިފި އެވެ.

އެ މައްސަލައިގައި ހައްޔަރުކުރި މިހާ ދޫކޮށްލިކަން ފުލުހުން ވެސް ވަނީ ކަށްވަރުކޮށް ދީފައެވެ. އޭނާ ދޫކޮށްލިއިރު ބަންދުގެ މުއްދަތަށް ވަނީ 10 ދުވަސް ޖަހާފަ އެވެ. ނަމަވެސް ބަންދުގެ މުއްދަތު ހަމަވުމުގެ ކުރިން މިދިޔަ ހޯމަ ދުވަހު އޭނާ ދޫކޮށްލީ، ތަހުގީގު ފުރިހަމަކޮށްފައި ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ނުބުނެ އެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ އެގެއިން ވައްކަން ވަގަށް ނަގާފައިވަނީ 95،000 ދިވެހި ރުފިޔާ އާއި، 1000 ޑޮލަރު ކަމަށެވެ.

މައްސަލާގައި ތުހުމަތުކޮށް ހައްޔަރު ކުރި މީހާ ދޫކޮށްލި ނަމަވެސް މިހާތަނަށް އެފައިސާއެއް ފުލުހުންނަކަށް ހޯދިފައެެއް ނުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!