ބަލިމީހަކު ގޮވައިގެން ދިޔަ ސީ އެމްބިއުލެންސް އެކްސިޑެންޓުވެއްޖެ

ސީ އެމްބިއުލެންސެއް އަޑިއަށް ގޮސްފިއެވެ.


އެމްއެންޑީއެފުން ބުނެފައިވަނީ ސީ އެމްބިއުލެންސެއް އަޑިއަށް ގޮސްފައިވަނީ ނ. މާޅެންދޫ ނެރުން ނިކުންނަން އުޅުމުގެ ތެރޭގައި ޖެހި ރާޅަކާއި އެކު ނެރު ތޮށިގަނޑުގައި ޖެހި ލޯންޗްގެ ދަށުން ފަޅައިގެން ގޮސްގެންކަމަށެވެ.

މާޅެންދޫ ކައުންސިލް ރައީސް މުހައްމަދު ޝާހު މޫސާ އަވަސްއަށް ވިދާޅުވީ ފަތިހު 5:30 ހާއިރު އެ ރަށުން ބަލި މީހަކު ގޮވައިގެން ސީއެމްބިއުލެންސް ނިކުންނަން އުޅެނިކޮށް ހިލަ ތޮށީގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އެ ވަގުތު އެ އެމްބިއުލެންސްގެ ތެރޭގައި ބަލި މީހާ އާއި ނަރުހުންނާއި އެހީތެރިން ތިބި ކަމަށާއި ނަމަވެސް އެއްވެސް އަނިޔާއެއް ނުވާ ކަމަށް ޝާހް ވިދާޅުވި އެވެ. އަދި އެ ވަގުތު އެ ސަރަހައްދުގައި ތިބި މީހުން ލޯންޗުން މީހުން ސަލާމަތްކޮށްފައިވާ ކަމަށް ޝާހް ވިދާޅުވި އެވެ.

“އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ، އެވަގުތު އެތަނުގައި ފުރުވަން އައިސް ތިބި މީހުން އަވަހަށް ބަލި މީހާ ލޯންޗުން ބާލުވައިފި،” ޝާހް ވިދާޅުވި އެވެ.

އެ ހާދިސާ ހިނގުމުގެ މާ ގިނައިރުތަކެއް ނުވެ ބަލި މީހާ ވަނީ ފުލުހުންގެ ލޯންޗެއްގައި ފުރުވާލައިފަ އެވެ. އަދި އެ ސީއެމްބިއުލެންސް މިހާރު ވަނީ މާޅެންދޫ ފަޅު ތެރެއަށް އަޑިއަށް ގޮސްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!