24 ގަޑިއިރު ތެރޭ މާލެއިން ވައްކަމުގެ 10 މައްސަލައެއް

މިދިޔަ 24 ގަޑިއިރު ތެރޭ ވެރިރަށް މާލެއިން ވައްކަމުގެ 10 މައްސަލައެއް ހުށަހަޅާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތަފާސްހިސާބުތަކުން ފުލުހުން އާންމުކޮށްފައިވާއިރު، ވައްކަމުގެ 10 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ. އަދި މިމައްސަލަތައް އެންމެ ގިނައިން ހުށަހަޅާފައި ވަނީ 17:00 އިން 18:00 އާދެމެދުގެ ވަގުތެއްކަމައިވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ފުލުހުންނަށް ހުށަހަޅާފައިވާ ވައްކަމުގެ 10 މައްސަލަތަކުގެ ތެރޭގައި ހިމެނެނީ މަގުމަތީގައި ހިންގާފައިވާ ހަތް ވައްކަމާއި، ގޭގެއަށް ވަދެގެން ކުރި ދެ ވައްކަމެއްގެ އިތުރުން، ފިހާރައެއް/ގުދަނަކަށް ވަދެ ވައްކަން ކޮށްފައިވާ 1 މައްސަލައެވެ.

އަދި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ވައްކަމުގެ އެންމެ ގިނަ މައްސަލަތައް ހުށަހެޅިފައިވާ އަހަރަކީ 2019 ވަނަ އަހަރު ކަމަށް ފުލުހުން ވިދާޅުވިއިރު، މިއަހަރު އެކަނިވެސް ވަނީ ވައްކަމުގެ 4500 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާކަން ފުލުހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!