ރައީސް މައުމޫނުގެ ހާލުކޮޅު ރަނގަޅު: ޔުމްނާ

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމްގެ ހާލުކޮޅު ރަނގަޅު ކަމަށް މައުމޫނުގެ ދަރިކަނބަލުން ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް މައުމޫން މިއަދު ހޮސްޕިޓަލްގައި އެޑްމިޓްކުރީ ރޯގާ ދިގުލާތީ ޓެސްޓުތައް ހެދުމަށް ކަމަށެވެ.

“ރައީސް @maumoonagayoom ގެ ހާލުކޮޅު އިރާދަކުރެއްވިިިއްޔާ ރަނގަޅު. ހޮސްޕިޓަލުގައި އެޑްމިޓްކުރީ ރޯގާ ދިިގުލާތީ ޓެސްޓުތައް ހަދައިި ފަރުވާ ދިނުމަށް. ހުރިހާ ބޭފުޅުންގެ ހެޔޮ ދުޢާއަށް ޝުކުރު ދަންނަވަން.” ޔުމްނާގެ ޓްވީޓްގައި ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!