ފުވައްމުލަކު ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ފުވައްމުލަކު ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ، ފުވައްމުލަކުގައި ބާރަށް ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވި ގެންގޮސް ވެއްޓި އޭގައި ތިބި ދެ މީހުނަށް އެކިވަރުގެ އަނިޔާވެފައިވާކަމަށެވެ. އެގޮތުން ސައިކަލު ދުއްވަން އިން 37 އަހަރުގެ ފިރިހެން މީހާގެ އަތުގައި ލައިސެންސް ނެތްކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

އެ ފިރިހެންމީހާގެ އިތުރުން ސައިކަލުގެ ފަހަތުގައި އިނީ 19 އަހަރުގެ އަންހެނެއް ކަމަށާއި، އެ ދެމީހުނަށް އެކި ވަރުގެ ހާނިއްކަ ވެފައިވާކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.

މި އެކްސިޑެންޓުގައި އަނިޔާވި ފަރާތްތަކަށް މިހާރު އަންނަނީ ފުވައްމުލަކު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!