ފޮޓޯ: އަވަސް އޮންލައިން

ސަރުކާރުން އެޅުމަށްޓަކައި ހަމަޖެހިފައިވާ އޮލިމްޕިކް ސްވިމިން ޕޫލްގެ އަމަލީ މަސައްކަތް ފަށައިފި

ސަރުކާރުން އެޅުމަށްޓަކައި ހަމަޖެހިފައިވާ އޮލިމްޕިކް ސްވިމިން ޕޫލްގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ސްވިމިން ޕޫލް ކޮމްްޕްލެކްސް އެޅުމަށް ހަމަޖެހިފައިވަނީ ކުރީގެ ކުނިގޮނޑު ހުރި ބިމުގައެވެ. މިހާރު މި ބިން ސާފުކުރުމުގެ މަސައްކަތް ފަށައިފައިވާއިރު 30 ދުވަހުގެ ތެރޭގައި ސާފުކޮށް ނިމޭނެއެވެ.

މިކަމާއި ގުޅިގެން މިނިސްޓަރ މަހުލޫފު ވިދާޅުވީ އަންނަ އަހަރުގެ ޑިސެމްބަރ މަސް އަންނައިރު ރާއްޖޭގައި އޮލިމްޕިކް ސްޓޭންޑާރޑްގެ ސްވިމިންގ ޕޫލެއް އޮންނާނެ ކަމަށެވެ. މިއީ ފެތުންތެރިންނަށް ލިބިގެންދާނެ އުފާވެރި ހިތްހަމަ ޖެހޭ ހަބަރަކަށް ވެގެންދާނެއެވެ. އަދި މިއީ ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އުފެދުނުތާ 45 އަހަރު ފަހުން އެޅިގެންދާ ސްވިމިންގ ޕޫލެއްކަން ފާހަގަ ކޮށްލެވެއެވެ. އަދި ޕޫލްގެ މަސައްކަތް ލަސްވީ ބިން ހަމަޖެހުމަށް ގިނަ ދުވަސްތަކެއްވުމުން ކަމަށާއި، ޕޫލް އެޅުމުގެ މަސައްކަތަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދު ތަކުގެ ތެރެއިން ނުނިމި އޮތް ވައުދެކެވެ.

އަންނަ އަހަރު އޮންނަ 45 ވަނަ ގައުމީ ފެތުމުގެ މުބާރާތް އެ ޕޫލްގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ސްވިމިންގ އެސޯސިއޭޝަންއިން މައުލޫމާތު ދެއްވައެވެ. އަދި ސްވިމިން ޕޫލް ކޮމްޕްލެކްސްގެ ކުރެހުން ތައްޔާރުކޮށް ނިމި މިނިސްޓްރީ އާއި ހިއްސާކޮށްފައި ވާކަމަށްވެސް ސްވިމިންގ އެސޯސިއޭޝަންއިން ވަނީ މައުލޫމާތު ދީފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!